ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 01
|
ރޭންކް
|
GS3
|
މުސާރަ:
|
4,465/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,500/- ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/2550 ރުފިޔާ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަން
|
ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް
|
ތަޢުލީމާއި ތަޖުރިބާ:
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު،
ހ. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،
ނުވަތަ
ށ. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
- މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮގުން ތަޖުރިބާލިބިފައިވާ، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ ފަރާތްތަށް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
- ކޯޓުން ނެރެންޖެހޭ އެންމެހައި އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
- ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
- ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި،ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
- ކޯޓަށް ޙާޟިރުނުވާ މީހުންގެ ޖޫރިމަނާ ޗިޓް ތައްޔާރުކޮށް ފައިސާއާއި ބެހޭ ސެކްޝަނަސް ފޮނުވުން
- ލީޤަލް އެސިސްޓެންޓެއް ނެތްތަންތާގައި ފަނޑިޔާރުގެ ލަފާފުޅާއިއެކު އެމަސައްކަތްކުރުން
- ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލުމާތު ހަފްތާ ޝީޓަށް ނަގައި އެމަޢުލޫމާތު ޢާންމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑްގައި ހަރުކުރުން
- ކޯޓުގެ ތަފާސްހިސާބާއި މިނޫނަސް އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާކުކޮށް ކޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާއި ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް ފނޑިޔާރުގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
- އިދާރީ އެހެން މުވައްޒަފަކު ޗުއްޓީ ނެގުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އެމުވައްޒަފު ނެތިއްޖެ ހާލަތެއްގައި އެމުވައްޒަފުގެ އެންމެހައި މަސައްކަތްކުރުން
- ޝަރީޢަތާއި ގުޅޭ އެންމެހައި ފޮތްތައް ބެލެހެއްޓުން
- އަދި މީގެ އިތުރުން ފަނޑިޔާރުން ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން
|
ވަޒީފާއާއި މުސާރައިގެ ކުރިއެރުން
|
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްފަހަރު މުސާރައިގެ ކުރިއެރުން ލިބޭނެ
|
ސުންގަޑި
|
2017 ފެބުރުއަރީ 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް
|
އުޖޫރައާއި ޢިނާޔަތްތައް
|
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދި ހުށަހަޅާ ފޯމް މިކޯޓުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު(ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)
- އަލަށް ވަޒީފާއާއި ގުޅޭ މީހުންނާއި GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒިފާގެ ކްލެސިފިކޭޝަން، ރޭންކް، ވަޒީފާގައި ހޭދަވި މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭފަދަ ރަސްމީ ލިޔުމެއް.
- ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)
- ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.
ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މިވަޒީފާއަށް ކުރިމަތިލެވޭނީ ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަ ވާ ފަރާތްތައް ސޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.
- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.
ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|