ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2017/04
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 26 ފެބުރުވަރީ 2017 13:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޑްރައިވަރ

`

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2017/04

 

ތާރީޚް: 15 ފެބްރުއަރީ 2017

 

 


މަޤާމު

ޑްރައިވަރ

ރޭންކް: އެސް.އެސް. 2

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ޖެނެރަލް ސަރވިސް

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 3,470/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-      ލިޔަންކިޔަން ދަތުމާއެކު، މަސައްކަތައް ބޭނުންވާ ތަމްރީނެއް/ ލައިސެންސްއެއް/ ހުއްދައެއް/ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ

2-      މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، އެސް.އެސް 01 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ކޯޓުގެ ފަނޑިޔާރުން ރަސްމީ ބޭނުންތަކުގައި ރަސްމީ އަދި ނުރަސްމީގަޑީގައި ދާންޖެހޭ ތަންތަނަށް ގެންދިޔުމާއި އަނބުރާ ގެނައުން.
  • ކޯޓުގެ ފަނޑިޔާރުން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެ ބޭފުޅުން ގެޔަށް ގެންދިޔުމާއި ކޯޓަށް ގެނައުން.
  • ފަނޑިޔާރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައާއި ދުވަސްތަކުގައި، ފަނޑިޔާރުން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެބޭފުޅުންގެ އާންމު ދިރިއުޅުމާއި ގުޅިގެން ވަޑައިގަންނަވަންޖެހޭ ތަންތަނަށް ގެންގޮސްދިނުމާއި އަނބުރާ ގެނެސްދިނުން.
  • ސުޕަވައިޒަރުގެ ހުއްދައާއެކު، ކޯޓުގެ ރަސްމީ ބޭނުންތަކުގައި އެއްތަނުން އަނެއް ތަނަށް ދާންޖެހޭ މުވައްޒަފުން ގެންގޮސް ގެނެސްދިނުން.
  • ޙަވާލުކުރެވިފައިވާ ކާރު ދޮވެ ސާފުކޮށް  ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސް ކުރަންޖެހޭނަމަ، ސުޕަވައިޒަރަށް ހުށަހަޅައިގެން ސަރވިސް ކުރުމުގެ މަސައްކަތް ކުރުން.
  • ކާރުގެ މެއިންޓެނެންސް އަށް ބޭނުންވާ ކަންކަން ޤަވަޢިދުން ބަލައި، އެކަންކަން ސުޕަވައިޒަރަށް ހުށަހަޅައިގެން ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  5. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި:

26 ފެބްރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

15 ފެބުރުވަރީ 2017