ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2017/03
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 26 ފެބުރުވަރީ 2017 13:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2017/03

 

ތާރީޚް: 15 ފެބްރުއަރީ 2017

 

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝާން އެންޑް އެޗް.އާރު ޔުނިޓް

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 4,465/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ކޯޓުގެ ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ދުވަހުން ދުވަހަށް ހޯދާ، ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  • މުވައްޒަފުންނާއި ވެރިންގެ ސަލާމް ނޯޓު ކޮށް ދުވަހުން ދުވަހަށް ސަލާމް ފޯމް ޝީޓް އަޕްޑޭޓްކުރުން.
  • މުވައްޒަފުންގެ ޗުއްޓީގެ ރެކޯޑްސް ބެލެހެއްޓުމާއި ޗުއްޓީ ޗިޓް ހެދުމާއި އެކަންކަމާބެހޭ އެންމެހާ ރިކޯޑްތައް ބެލެހެއްޓުން.
  • ޔުނިޓަށް ޖަވާބުދޭންޖެހޭ ސިޓީ/ނޯޓް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި، ޔުނިޓުން ލިޔަންޖެހޭ ސިޓީ/ނޯޓްފަދަ ތަކެތި ލިޔެ ފޮނުވުމާއި، ފައިލްކުރަންޖެހޭ ތަކެތި ފައިލް ކުރުން.
  • ޙާޟިރީ ރިޕޯޓާއި، އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހަކު ތައްޔާރުކުރުން.
  • މުވައްޒަފުންގެ ރެކޯޑުފައިލުގައި ބަހައްޓަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާނާއި އަދި ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުން އަމިއްލަ މަސައްކަތްކުރުމާ ބެހޭގޮތުންވާ އިޤުރާރުގައި ސޮއިކުރުވުން.
  • ސްޓޮކުން މުވައްޒަފުންނަށް ބޭނުންވާ ތަކެތި އެފަރާތްތަކަށް ދޫކޮށް ސޮއިކުރުމާއި ސްޓޮކް ބާކީ ޤަވާޢިދުން ދުވަހުން ދުވަހަށް ބެލެހެއްޓުން.
  • ސްޓޮކް އަޕްޑޭޓް ކުރުމަށްފަހު، ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ސްޓޮކްއިން މަދުވާ ތަކެއްޗަށް މެމޯ ތައްޔާރުކޮށް ފޮނުވުން.
  • ކޯޓުގެ ސްޓޮކްގައިވާ ތަކެތި ބަރާބަރަށް ދިމާވޭތޯ ބެލުމަށްޓަކައި ކޮންމެ 2 މަހަކުން 1 ފަހަރު ސްޓޮކް ޗެކްކޮށް ދިމާވޭތޯ ބެލުން.
  • އެޗް.އާރު ކޮމެޓީގެ ޖަލްސާ ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި އެކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ކޮމެޓީއަށް ގެންދިއުމާއި ކޮމެޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި ކޮމެޓީގެ ޔައުމިއްޔާލިޔެ ބެލެހެއްޓުމާއި ކޮމެޓީގެ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

26 ފެބްރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

15 ފެބުރުވަރީ 2017