ޢާންމު މަޢުލޫމާތު
ނަންބަރު: 171-H3(PU)/IUL/2017/21
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 22 ފެބުރުވަރީ 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
އއ.މަތިވެރި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • އއ.މަތިވެރި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުން ފެށިގެން 2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މާލޭގައި ނަމަ، މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަން ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މާލެގައި ނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ.  އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 

15 ފެބުރުވަރީ 2017