ދިވެހިރާއްޖެ
އިޢުލާން
ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީންދެވޭ ދާއިރާ: |
ވޯކްޝޮޕް އިން ލައިބްރަރީ ހެޒާރޑް ރެކޮގްނިޝަން، އެސެސްމެންޓް އެންޑް ކޮންޓްރޯލް |
އަމާޒުކުރެވިފައިވާ ފަރާތްތައް: |
ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި ލައިބްރަރީތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ނުވަތަ މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް |
ތަން: |
ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް |
މުއްދަތު: |
2017 މާރިޗު 08 ން 09 ށް |
ޖާގަ: |
20 |
މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުއްގެ ސީވީ [email protected] އަށް 2017 ފެބުރުވަރީ 23 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3340981) އަށެވެ.
15 ޖުމާދަލްއޫލާ 1438
12 ފެބުރުވަރީ 2017