ވަޒީފާގެ ފުރުޞަތު
ނަންބަރު: GS198/2017/002
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 26 ފެބުރުވަރީ 2017 13:30
މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މާމެންދޫ ސްކޫލް

  ގއ. މާމެންދޫ

ނަންބަރު:GS198/2017/002

 

          ދިވެހިރާއްޖެ                

                  

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                    ހެލްތް އެސިސްޓެންޓް

   ބޭނުންވާ އަދަދު:           01

   ރޭންކް:                  އެމް. އެސް 1

   ކްލެސިފިކޭޝަން :           ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

   މުސާރަ :                 މަހަކު -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:        މަހަކު -/2000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:           ގއ. މާމެންދޫ ސްކޫލް

   ގިންތި:                  ވަގުތީ ( 3 މަސް ދުވަސް )

  ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ދަރިވަރުންނާއި، ސްޓާފުން އަދި ބެލްނެވެރިންނަށް އަމާޒުކޮށްގެން ސިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމްތައް ރާވައި ހިންގުން.
  3. ހެލްތުރޫމް ބެލެހެއްޓުން.
  4. ހެލްތުރޫމުން ފަސްޓްއެއިޑް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  5. ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.
  6. ސިއްޚީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނެވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.
  7. ދަރިވަރުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.
  8. ކުރިއަށް އޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެ ގޮތުގެ ތާވަލު ތައްޔާރުކޮށް އެޑިއުކޭޝަނަށް ފޮނުވުން.
  9. މީގެއިތުރުން ދިމާވާ އިމަޖެންސީ ޙާލަތުގައި ސްކޫލުން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

 

ޝަރުތު: 

                                                  

                                                  

  1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މާޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

  1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  2. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  3. އުމުރުން 55 އަހަރު ނުވާ މީހަކަށްވުން
  4. ލިބިފައިވާ ތައުލީމާއި، މަސައްކަތުގެ ތަޖުރިބާ
  5. މަސައްކަތުގެ ހުނަރާއި ފެންވާރާއި ޤާބިލުކަމާއި ސިފަތައް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" ހުށައަޅުއްވާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.                            

 

އިންޓަރވިއު ކުރުން

 

ހ. މިވަޒީފާއަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ މިސްކޫލުންނާއި އަދި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިންނެވެ. )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-      ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގއ. މާމެންދޫ ސްކޫލަށެވެ.

-      ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 1:30 އެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ. މާމެންދޫ ސްކޫލުގެ ނަންބަރު7983073   ފޯނަށް ގުޅުއްވުން އެދެމެވެ.

 

17 ޖުމާދަލްއޫލާ 1438

14 ފެބްރުއަރީ 2017 

14 ފެބުރުވަރީ 2017