ދިވެހިރާއްޖެ
އިޢުލާން: IUL)GAAH/2017/1002)
ގއ. އަތޮޅު ހޮސްޕިޓަލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:
ގއ. އަތޮޅު ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ވޯޑްތަކުގެ ފާޚާންތަކުގެ މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އަށް، ގއ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
14 ފެބްރުއަރީ 2017