ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލޭ އިންޑަސްޓްރްރިއަލް ވިލެޖުގައި ލޮޖިސްޓިކްސް ބިލްޑިންގް ތަރައްޤީކުރުމުގެ މަޝްރޫޢު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބޭނުމަށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕްރީފެބްރިކޭޓަޑް ލޮޖިސްޓިކްސް ބިލްޑިންގތަކެއް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު IUL)13-K1/13/2016/236) އިޢުލާނު ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، ކަމުގެ ޤާބިލިއްޔަތުކަން ހުރި ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ 20،309 އަކަމީޓަރު ގެ ސަރަހައްދެއްގައި ޕްރީފެބްރިކޭޓަޑް އުޞޫލުން ހެދުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކްސް ބިލްޑިންގްތަކުގެ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑިޒައިން ހެދުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ.
ލޮޓް ނަންބަރު |
ރަށް |
ބިޑް ސެކިޔުރިޓީ ޢަދަދު |
ލޮޓް 1 |
ބުލޮކު 2 – ޕާކިންގ ބިލްޑިންގ |
60،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާއި އެއްވަރު ދިވެހި ރުފިޔާއިން |
ލޮޓް 2 |
ބުލޮކު 4 އަދި ބުލޮކް 6 |
80,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާއި އެއްވަރު ދިވެހި ރުފިޔާއިން |
ލޮޓް 3 |
ބުލޮކު 11 |
150,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާއި އެއްވަރު ދިވެހި ރުފިޔާއިން |
ލޮޓް 4 |
ބުލޮކު 3، ބުލޮކު 7،ބުލޮކޮ 8 އަދި ބުލޮކު 9 |
110,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާއި އެއްވަރު ދިވެހި ރުފިޔާއިން |
3. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ނަން- ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ފެބުރުވަރީ 2017 އިން ފެށިގެން 7 މާރިޗު 2017 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:00 އަށް މިމިނިސްޓްރީ އިންނެވެ. ބީލަންފޮތުގެ ސޮފްޓު ކޮޕީ މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑުރެހަށެވެ.
5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުންފެށިގެން 208 ދުވަހެވެ.
6. މިބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 180 ދުވަސް އަދި ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 8 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙާޞިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޞިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 9603349107, 9603349266
ފެކްސް: 9603320706
އީ-މެއިލް:[email protected]
13 ފެބުރުވަރީ 2017