ދިވެހިރާއްޖެ
އިއުލާން
އެސިސްޓެންޓް ލައިބުރޭރިއަން ( ވަގުތީ )
ނަންބަރ: GS-202/IUL/2017/03
މަޤާމް: އެސިސްޓެންޓް ލައިބުރޭރިއަން
ބޭނުންވާ އަދަދު: 1 ( އެކެއް )
މަޤާމުގެ ގިންތި: ވަގުތީ
ވަޒީފާ އޮތް އޮފީސް: ގެމަނަފުށިސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ގެމަނަފުށިސްކޫލް، ގއ. ގެމަނަފުށި
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލައިބުރެރީއަށް ލިބޭ ހުރިހާ ފޮތެއްގައި ލައިބުރެރީ ތައްގަނޑު ޖަހައި، ލައިބުރެރީ ބުކު އެންޓުރީ ފޮތަށް ނަގައި، ފޮތުގައި ސީރިއަލް ނަންބަރު ހަރުކޮށް ސެލޯފިން ލައި، ފޮތްތައް ކެޓަގަރައިޒުކޮށް އެކެޓަގަރީއެއްގެ ފޮތް ހުންނަ ހަރުގަނޑެއްގައި ފަސޭހަކަމާއިއެކު ފެންނާނެ ގޮތަކަށް އެފޮތެއް ބާއްވައި ބެލެހެއްޓުން. އަދި ލައިބުރެރީގައި ހުންނަ ފޮތްތަކާއި ފަރުނީޗަރުތައް ސާފުކޮށް ތަރުތީބު ކޮށްފައި އަބަދުވެސް ބެހެއްޓުން.
- ލައިބުރެރީ ފޮތްތައް ދަރިވަރުންނާއި ޓީޗަރުންނަށް ދޫކުރުމައްޓަކައި ބޭނުންވާ އެންމެހާ ރެކޯޑެއް " ގެންދިޔަ ފޮތަކާއި، ގެންދިޔަ ކުއްޖަކު ނުވަތަ ޓީޗަރަކު އަދި ގެންދިޔަ ތާރީޚަކާއި އަބުރާ ގެންނަންޖެހޭ އެންމެ ފަހުތާރީޚު ދެފަރާތަށް ފަސޭހައިން އެގޭނެހެން " ތައްޔާރުކޮށް ލައިބުރެރީން ފޮތް ދޫކުރުމާއި އަބުރާ ގެނައުމުގެ އެންމެހާ ލިޔެކިޔުމެއް ސާފުކޮށް އެގޭނެހެން ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ލައިބުރެރީ ފޮތްތަކުގައި ސެލޭފެން އާކުރުމާއި، ބަޑޭރިގަނޑަށް ލިބޭ ގެންލުންތައް މަރާމާތުކުރުމާއި، ހީރަސް ކެނޑޭ ފޮތްތަކުގައި ހީރަސް އާކުރުމާއި، ފޮތުގެ އެތެރޭގެ ގަނޑުތަކަށް ލިބޭ ގުދިކުދި ގެންލުންތައް ވެސް މަރާމާތުކޮށް ބެލެހެއްޓުން. އަދި ބޭނުންނުކުރެވޭވަރަށް ހަލާކުވާ ފޮތްތައް ސުކުލުގެ އިދާރާގެ އިރުޝާދާ އެއްގޮތަށް ނައްތާލައި، ލައިބުރެރީ ބުކު އެންޓުރީންވެސް އެފޮތެއް އުނިކުރުން.
- އެކިއެކި މާއްދާއިން ލައިބުރެރީގައި ބާއްވާ ގަނޑިތައް ހިގަމުންދާއިރު ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުމުގައި އާއި ފިލާވަޅުކުރިއަށް ގެންދިޔުމުގައި ޓީޗަރު ބޭނުންވާ އެހީތެރިކަމެއް އެވަގުތަކު ފޯރުކޮށްދީ އެހީތެރިވުން. އަދި ޓީޗަރަކާއި ނުލައިވެސް ދަރިވަރުން ލައިބުރެރީ ތެރޭގައި ހޭދަކުރާ ވަގުތުތަކުގައި އެކުދިންގެ އަމަލުތައް ހުންނަގޮތް ބަލައި، ސުކޫލު ކުދިންގެ ގަވާއިދާއި ޚިލާފުކަމެއް ލައިބުރެރީ ތެރޭގައި ކުރުމުގެ ފުރުސަތު ނުދިނުން. އަދި ލައިބުރެރީއާއި ގުޅުންހުރި ކަމެއްގައި، ދަރިވަރުން އެހީތެރިކަމަކަށް އެދިއްޖެނަމަ އެއީ ސުކޫލުކުދިންގެ ގަވާއިދު ހުއްދަކުރާކަމެއް ނަމަ އެކަމުގައި ދަރިވަރުންނަށް އެހީތެރިވުމާއި، ގަވާއިދާއި ޚިލާފުކަމެއްނަމަ އެކަމެއް ހުއްޓުވުން.
- މުވައްފަޒުންގެ ދަތިކަމުން ނުވަތަ ކުއްލިއަކަށް ނިންމަންޖެހުނު ގިނަމަސައްކަތްތަކެއްގެ ސަބަބުން މަސައްކަތްތައް މުވައްޒަފުންގެ މެދުގައި ބަހާލާއިރު، ހަވާލުކުރެވޭ މަސައްކަތް ސާފުތާހިރުކަމާއި ފަރުވާތެރިކަމާއެކު ކޮށް ކަނޑައެޅިފައިވާ ވަގުތައް ނިންމައި އިދާރާއަށް ދެއްގުން.
- ވަޒީފާގެ މާޙައުލުކުގައި ޙަރަކާތްތެރިވާއިރު، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ގައި ބަޔާންކުރައްވާފައިވާ ގޮތުގެމަތީން ތިމާގެ ޢަމަލްތައް ބެހެއްޓުމާއި، ސިވިލްސާވިސްގެ ޤަވާއިދާއި އެއްގޮތަށް ހެދުން އެޅުމާއި، ތިމާއާއި ޢާންމު ރައްޔިތުންނާމެދު އޮންނަ ގުޅުމާއި، މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުންއަދި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމާއި ހުރިހާ ހިނދެއްގައިވެސް، ސަރުކަރަށާއި ރައްޔިތުންނަށް ޒިންމާދާރުވުމުގެ ގޮތުން ޢަމަލުކުރުމަށް ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކުރައްވާފައިވާ އެންމެހައި ކަންކަމަށް ވިސްނުންބަހައްޓައިގެން އެކަންތައްތަކާއެއްގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުން. އަދި ތަނުގެ އާދަކާދައާއި ޒަމާނުއްސުރެ ތަނުގައި އަމަލުކުރަމުންއަންނަ ރީތި އުސޫލުތައް ހިފައެއްޓުމަށް މަސައްކަތްކުރުމާއި، ދަރިވަރުންނަށް ރީތި ނަމޫނާއަކަށްވުން.
މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
މަޤާމް |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
އެސިސްޓެންޓް ލައިބުރޭރިއަން ވަގުތީ |
ޖީއެސް3 |
- |
1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ކޮށްފައި ވުމާއިއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ލިބިފައި ވުމާއި އެކު އޭގެ އިތުރުން ސެކަންޑްރީސްކޫލްސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ' ސީ ' ގްރޭޑް ލިބިފައިވުން. |
މަހަކު -/4465 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
|
|
|
|
|
|
|
|
|
|
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.
ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
ސުންގަޑި:
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2017 ފެބުރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. މިމަޤާމަށް އިންޓަވިއު އޮންނަ ތާރީޚެއް، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 7775221 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
12 ފެބުރުއަރީ 2017
އަސްލަމް ޙުސައިން
ޕްރިންސިޕަލް