ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)201-A/1/2017/5
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 06 މާރިޗު 2017 00:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
Airworthiness Engineer

ވަޒީފާގެ ފުރުޞަތު

ނަންބަރ

  (IUL)201-A/1/2017/5  

ތާރީޚް:

12  ފެބްރުއަރީ 2017

މަޤާމް:

އެއާވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރައާއި އެލަވަންސް :

39,310.75ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް-ކެޓަގަރީ B1,B2 ލިބިފައިވުމާއެކު، ސަރޓިފައި ކުރުމުގެ 2 އަހަރުގެ ތަޖުރިބާ ހުރުމާއެކު، މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

ނުވަތަ

2- އެސިސްޓަންޓް އެއާވާދިނަސް އިންޖިނިއަރ އެއްގެ މަޤާމުގައި 4 އަހަރު ވުމާއެކު، އިންސްޕެކްޓަރ ކޯސް އަދި މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެއާވާދިނަސް އިންޖިނިއަރެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ވައިގެދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން އަދި އައިކާއޯގެ ސޭފްޓީ ސްޓޭންޑަރޑްސް އެންޑް ރެކޮމެންޑަޑް ޕްރެކްޓިސަސް އާއި އެއްގޮތްވާ ގޮތުގެމަތީން ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގެ އެއާވާދިނަސް އާއިބެހޭ ޤަވާއިދުތަކާ އުސޫލުތައް ބަލާ މުތާލިޔާކޮށް އިސްލާހުކޮށް ހަރުދަނާކުރުމާއި ވައިގެދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮށްގެން ވައިގެދަތުރުފަތުރުގެ ސަލަމާތްކަން އިތުރަށް ހަރުދަނާކުރުމަށް ސީނިއަރ އެއާވާދިނަސް އިންޖިނިއަރަށް އެހީތެރިވެދިނުން
  3. ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް އަދި އެހެނިހެން ސީރިއަސް ހާދިސާތައް ތަހުގީގުކޮށް މިކަންކަމުގެ އަލީގައި ވައިގެދަތުރުފަތުރުގެ ސަލާމަތްކަން އިތުރުކުރެވޭނެ ގޮތްތައް ހުށަހެޅުން
  4. މަތިންދާބޯޓުފަހަރު ރަޖިސްޓްރީކުރުން، ޑީރެޖިސްޓްރީކުރުން، 'ޓައިޕް ސެޓްފިކެޓް'/ސަޕްލިމެންޓަރީ ޓައިޕް ސެޓްފިކެޓް' އެކްސެޕްޓް ކުރުން
  5. މަތިންދާބޯޓުފަހަރަކީ އެއާވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި އެއާވާދިނަސް ރެކޯޑްތަކާއި ޕްރޮސީޖާތައް ހުރީ ސިވިލް އޭވިއޭޝަން ގެ ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މި ކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  6. ކޮންޓިނިއުއިން އެއާވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތައް އަދި އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިން އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަން ގެ ގަވާއިދާތަކާއި އެއްގޮތަށް ތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  7. ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިމުނަށް ރަޖިސްޓްރީކުރާ ކުންފުނިތަކަށް ހުއްދަދިނުމުގައި ބަލަންޖެހޭ ކަންތައްތައްބަލައި އަދި އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަންސް ގެ ގަވާއިދުތަކާއި އެއްގޮތައް ތޯ ބަލައި ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅައި ސީނިއަރ އިންޖިނިއަރ/ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  8. "މޮޑިއުލް 10 - އޭވިއޭޝަން ލެޖިސްލޭޝަން" އިމްތިޙާނަށް ބޭނުންވާ ސުވާލުތައް ތައްޔާރުކޮށް "ކުއެސްޗަން ބޭންކް" ބެލެހެއްޓުން
  9. "މޮޑިއުލް 10 - އޭވިއޭޝަން ލެޖިސްލޭޝަން" އިމްތިޙާނު ހެދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާކޮށް، އެސް އޯ ޕީގައި ވާ ގޮތުގެ މަތީން އިމްތިހާނާއި އިމްތިހާނުގެ ނަތީޖާގެ ކަންތައްތައް ކުރިއަށްގެންދިއުން

10. "އެއާކްރާފްޓް މެއިންޓެނަންސް ލައިސެންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމާއި އެސް އޯ ޕީއާ އެއްގޮތަށް ލައިސެންސްދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސެންސް ދޫކުރުން

11. އެގްޒެމްޕްޝަންއަކަށް ނުވަތަ ކޮންސެޝަންއަކަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން

12. ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން އެއާވާދިނަސްގެ ރޮގުން ހިންގާ މަޝްރޫތަކާ ޕްރޮގްރާމްތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން

13. އެއާވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1- އެއާވާދިނަސް އިންސްޕެކްޓަރ ކޯސް އަދި މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

2- ސަރޓިފައި ކުރުމުގެ ތަޖްރިބާ ލިބިފައިވުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1- 06 މާރޗް 2017 ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 
13 ފެބުރުވަރީ 2017