މަސައްކަތް
ނަންބަރު: (IUL)220-AS/1/2017/11
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 16 ފެބުރުވަރީ 2017 15:30
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އޮފީސް ޢިމާރާތް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މި އޮތޯރިޓީގެ އޮފީސް ޢިމާރާތް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 16 ފެބުރުވަރީ 2017 ބުރާސްފަތި 15:30
 އަންދާސީހިސާބު ހުށަހެޅުން  21 ފެބުރުވަރީ 2017 އަންގާރަ 15:30

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ދެންނެވުނު މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

16 ޖުމާދަލްއޫލާ 1438 

 

13 ފެބުރުވަރީ 2017