ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2017/21
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 21 ފެބުރުވަރީ 2017 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

ވަޒީފާގެ ފުރުޞަތު

މަގާމް

އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓް

ރޭންކް

އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ

-/3470 ރ.

ސާރވިސް އެލަވަންސް: -/1,000 ރ.

މަގާމުގެ ޝަރުތު

 

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 

  1. އިސްލާމީ މަރުކަޒު ގޯތިތެރޭ ކުނިކަހާ ކުނިއުކާލުމުގެ މަސައްކަތް ކުރުވުން .
  2. އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭބައި ފޮޅާސާފްކޮށް 05 ވަގުތު ނަމާދަށްތައްޔާރު ކުރުމުގެ މަސައްކަތް ކުރުވުން.
  3. އިސްލާމީ މަރުކަޒުގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމުގެ އިމްތިޒާމް ކުރުވުން.
  4. މާލޭގެ ގަބުރުސްތާނުތައް ސާފުކުރުވާ ބެލެހެއްޓުން.
  5. މި މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި އިވެންޓްތައް ބޭއްވުމަށްޓަކާ ތަން ތައްޔާރުކުރުވުން.
  6. މި މިނިސްޓްރީގެ ފަރާތުން ގުދަންތަކާއި އެކިއެކިތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި ގެނައުމުގެ މަސައްކަތް ކުރުވުން.
  7. އިސްލާމީ މަރުކަޒުގެ އެންމެހާ ތަންތަން ފޮޅާސާފުކޮށް އަދި ދޮންނަންޖެހޭ ތަންތަން ދޮވެސާފުކުރުމުގެ މަސައްކަތް ކުރުވުން.
  8. މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ފުރިހަމަކޮށް ހުށަހަޅަން ޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފަކު ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް  /  އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތުގެ ވަގުތަކީ 08:00 ން 14:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތް ކުރުމަށް ނުކުންނަން އަންގައިފިނަމަ ނުކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.

ސުންގަޑި

  • 2017 ފެބުރުވަރީ 21  ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް ( އިސްލާމީ މަރުކަޒު )
  • މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް / އިސްލާމީ މަރުކަޒުގައެވެ.
  • ·         މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

05 ޖުމާދަލްޢޫލާ 1438

12 ފެބުރުވަރީ 2017