ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2017/19
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 21 ފެބުރުވަރީ 2017 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑިޓަރ

އިސްލާމިކް ސްޓޫޑިއޯއަށް އެޑިޓަރަކު ހޯދުމާއި ބެހޭ:

               މި މިނިސްޓްރީގެ ޙަބަރުތައް އާންމުރައްޔިތުންނަށް އެންމެ އެދެވޭގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަގާމުގެ ނަން: އެޑިޓަރ

ބޭނުންވާ ޢަދަދު:  01

މުއްދަތު: 01 އަހަރު

އުޖޫރަ: މަހަކު -/7500 ރުފިޔާ

މަސައްކަތަށްނުކުންނަ ކޮންމެދުވަހަކަށް -/50 ރުފިޔާ

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަގާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ ޖާރނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. އެޑްމިނިސްޓްރޭޝަން/ ޖާރނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް   ހާސިލްކޮށްފައި ވުމާއެކު،  މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މި މަގާމުގެ މަސްޢޫލިއްޔަތު

  • މިނިސްޓްރީގެ ޚަބަރާއި،ޗެނަލްގެ ކޮންޓެންޓަށް މެޓީރިއަލް ހޯދުމާއި، ޚަބަރާއި ޕްރޮގްރާމްތައް ތައްޔާރުކުރުން.
  • މިނިސްޓްރީގެ ޚަބަރާއި ކަރަންޓް އެފެއާރޒްގެ އެހެނިހެން ކޮންޓެންޓް ތައްޔާރުކޮށް އެޕްރޫވް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ޗެނަލްގެ ކޮންޓެންޓް ތައްޔާރުކުރުމަށް ދާންޖެހޭ ސައިޓްތަކަށް ދިއުމާއި، ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ރިސާރޗް ހަދައި، ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ ޚަބަރާއި ކަރަންޓް އެފެއާޒްގެ އެހެނިހެން ކޮންޓެންޓުގެ ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ޕްރެޒެންޓްކުރުން.
  • ޗެނަލަށް ތައްޔާރުކުރާ މެޓީރިއަލް ތަކުގެ ކޮންޓެންޓް ތައް ފައިނަލްކޮށް އެޕްރޫވް ކުރަން ޖެހޭ ފަރާތްތަކުން އެޕްރޫވަލް ހޯދުން
  • ޗެނަލުން ތައްޔާރުކުރާ ކޮންޓެންޓް ތަކަކީ މިނިސްޓްރީގެ ކޯޑުތަކާއި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކަށް ފެތޭ ކޮންޓެންޓްތަކެއްތޯ ބަލައި ޗެކްކުރުން
  • މިނިސްޓްރީގެ ޚަބަރުތަކާއި، މުންނާރު ޗެނަލަށް ތައްޔާރުކުރެވޭ ކޮންޓެންޓްތަކާއި އިވެންޓްތަކުގެ ސެޓަޕް ތައްޔާރުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ބަލައި ކޯޑިނޭޓް ކުރަންޖެހޭ ފަރާތްތަކާއި ކޯޑިނޭޓް ކުރުން.
  • އިނގިރޭސިބަހާއި އަރަބިބަހުން ހުންނަ ލިޔުން ދިވެހިބަހަށް އަދި ދިވެހިބަހުން ހުންނަ ލިޔުން އިނގިރޭސިބަހާއި އަރަބިބަހަށް  ތަރުޖަމާކުރަންޖެހޭ ކޮންޓެންޓް ތަރުޖަމާކުރުމާއި، ތަނުގެ އުޞޫލުތަކާ އެއްގޮތަށް އެ ކޮންޓެންޓް ބޭނުންކުރެވޭގޮތަށް ތައްޔާރުކުރުން.
  • ހަވާލުކުރެވޭ ޔުނިޓް/ޑެސްކްގެ މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތަށް ކަނޑައެޅިފައިވާ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، މޮނިޓަރކުރުމާއި، އެސެސްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  • މިނިސްޓްރީގައި މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • މިނިސްޓްރީގައި ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ބެނާ، އިޝްތިހާރު ފަދަ ތަކެތީގެ ޢިބާރާތް ލިޔެ އެޕްރޫވްކުރުން
  • އަދި މީގެ އިތުރުން މަސައްކަތާ ގުޅޭ ގޮތުން މިނިސްޓްރީން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން..

 

        ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު. ( ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv   އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  • ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށްއެދޭ އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

 މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް  /  އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށެވެ.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

    ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ  ފަރާތަކަށެވެ.

ކޮންސަލްޓެންޓް މަގާމަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

ސުންގަޑި

21 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް (އިސްލާމީ މަރުކަޒު) އަށެވެ.

 

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

15 ޖުމާދަލްޢޫލާ 1438

 

12 ފެބުރުވަރީ 2017