ދިވެހިރާއްޖެ
އިޢުލާން
2017 ވަނައަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމާއި ބެހޭ.
01 ޖެނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަމްބަރު GS158/I/2016/29 ( 20 ޑިސެމްބަރ 2016) އިޢުލާނާއި ގުޅިގެން އަގުހުށައެޅުއްވި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށްޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2017 ފެބުރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުއަރީ 20 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިސްކޫލުގެ ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޖުމާދިލް އޫލާ 1438
09 ފެބުރުއަރީ 2017