ނީލަން
ނަންބަރު: J-2017/46
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 14 ފެބުރުވަރީ 2017 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

            މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-    އެއާކޯން ސާމާނުތަކެއް   ( ހަލާކުވެފައިވާ )
-   05 ޓިނުޑަކުޓް        ( ހަލާކުވެފައިވާ )
-  ނައިޓްރޮޖަން ހުސްކުރި ފުޅި ( ހަލާކުވެފައިވާ )

            މިތަކެތީގެ ނީލަން ފެށޭ އަގަކީ -/20,000 (ވިހިހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/500 (ފަސްސަތޭކަ) ރުފިޔާ އެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވައި، މަޢުލުމާތު ސާފުކުރެއްވުމަށް ފަހު، ހުށައަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދުކޮށް 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

             މިތަކެތި ބައްލަވަން ބޭނުންވެއްލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުއްވުން އެދެމެވެ.

              15 ޖުމާދަލްއޫލާ 1438 

              12 ފެބުރުވަރީ  2017

 

12 ފެބުރުވަރީ 2017