ވަޒީފާގެ ފުރުޞަތު
ނަންބަރު: AS-A/IU/2017/16
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 21 ފެބުރުވަރީ 2017 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން ( ވަގުތީ )

މަޤާމު:             ލައިބްރޭރިއަން  ( ވަގުތީ )

ކްލެސިފިކޭޝަން:          އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                ޖީ އެސް 3

މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް 

ބޭނުންވާ ޢަދަދު:       01

 މުސާރަ:                  4465.00 ރ

 ސަރވިސް އެލަވަންސް:          1500.00 ރ

 

ޝަރުތު:

1-      މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލް ކޮށްފައި ވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

2-      ސާނަވީ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައި ވުމާއި އެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް  ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލައިބްރަރީއަށް އަލަށްގެންނަ ފޮތްތައް ޕްރޮސެސްކޮށް، ބައުވާ ނުވަތަ ބަދަލުކުރާފޮތްތައް ރޯ ޕްރޮސެސް ކުރުން.
  2. ފޮތްތައް އެންޓަރ ކުރުމާއި ކޮންމެ ދުވަހެއްގެ ޗާޓު ތައްޔާރު ކުރުން.
  3. ޕޮކެޓްސްއާއި ޑޭޓް ލޭބަލްހެދުން.
  4. ލައިބްރަރީގެ ފަރާތުން ފާހަގަކުރާ ޚާއްސަ ދުވަސްތައް ފާހަގަކުރުމާއި ލައިބްރަރީގެ ފަރާތުން ބާއްވާ އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  5. ލައިބްރަރީގެ ފަރާތުން ކުދިންނަށްދެވޭ އެކިއެކި ސެޓްފިކެޓާއި ހަނދަނީލިޔުން ތައްޔާރުކުރުން.
  6. އަހަރު ނިމުމުގެ ކުރިން ސްކޫލްގެ ވެރިންނާއި ޓީޗަރުން ނަގާފައިހުންނަ ފޮތްތަކުގެ ލިސްޓް ތައްޔާރުކޮށް އެފޮތްތަށް ހޯދުން.
  7. ލޮސްޓް އެންޑް ރިޕްލޭސް ލިސްޓް ތައްޔާރު ކުރުން.
  8. ބައިންޑް ލިސްޓް ތައްޔާރުކުރުން.
  9. ކޮންމެ ޓާރމަކު އެއްފަހަރު ރިމައިންޑާ ސްލިޕް ފޮނުވުން.

10. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި،ގާބިލް ކަމާއި ސިފަތައް.

 

 

 

 

ހުށައަޅަންޖެހޭ ތަކެތި:    - ވަޒީފާއަށް އެދޭ ފޯމް

-          ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ނަންބަރާއެކު)

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި(މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

-          މުއްދަތު ހަމަނުވާއައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ

-          ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް

-          ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

 

 

ސުންގަޑި:މަޤާމުތަކަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 21 ފެބުރުއަރީ 2017 ވާ އަންގާރަ ދުވަހުގެ14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:          ފޯން:3008736 

ފެކްސް: 3313726

 

-          ވަޒީފާއަށް އެދޭ ފޯމް އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.

ނޯޓް:މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 02 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.

15 ޖުމާދަލްއޫލާ   1438

12 ފެބުރުއަރީ    2017

12 ފެބުރުވަރީ 2017