ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)IM/1/2017/17
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 21:29
ސުންގަޑި: 21 ފެބުރުވަރީ 2017 14:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ބާވަތް

ދާއިމީ  

ބޭނުންވާ ޢަދަދު

01

މަސައްކަތްކުރަންޖެހޭ އޮފީސް

ޢިމާދުއްދީން ސްކޫލް

ރަށް

ކ. މާލެ

މަޤާމުގެ މުސާރަ

-/4465

ސަރވިސް އެލަވަންސް

-/1500

މަޤާމުގެ ރޭންކް

ޖެނެރަލް ސަރވިސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

މަޤާމުގެ ޝަރުތުތައް:

01-   އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

02-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާޢެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް:

01-   ސްކޫލަށް ގަންނަންބޭނުންވާ ތަކެތީގެ އަގު ބެލުމަށްފަހު ތަކެތީގެ އަގު ބެލުމަށްފަހު ތަކެތި ގަތުމަށް ނޯޓްހެދުމާއި އޯޑަރދިނުން އަދި ތަކެތި ގެނައުމުން ހަމަތޯބަލައި ޗެކްކުރުން.

02-   ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް މުސާރަޝީޓް ތައްޔާރުކުރާ މުވައްޒަފުންނާއި ޙަވާލުކުރުން.

03-   އިތުރުގަޑީގެ ފޮތްތައް ތައްޔާރުކޮށް މުވައްޒަފުންނަށް ލިޔެވޭ ގޮތަކަށް މަގުފަހިކޮށްދިނުން އަދި މިފޮތްތަކުގައި ސްޕަވައިޒަރުން ސޮއިކުރޭތޯ ޗެކްކުރުން.

04-   ސެކްޝަނަށް އިންވޮއިސްތައް ލިބޭތޯ 3 ދުވަހުގެ ތެރޭގައި އެންޓަރކޮށް ވައުޗަރކޮށް ފިނޭންސް މިނިސްޓްރީގެ "ސެޕް" ސިސްޓަމަށް އެންޓަރކުރުން.

05-   ސްކޫލުން ފާހަގަކުރާ އެކިއެކި ކަންކަމުގައި އެއްބާރުލުން ދިނުން.

 

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

    އިންޓަރވިއުކުރުން

 * މިމަޤާމްގެ އިންޓަރވިއުކުރުން، އިޢުލާންގެ މުއްދަތުހަމަވާ ތާރީޚުން ފެށިގެން 2 ހަފްތާތެރޭ ބޭއްވޭނެއެވެ.

 * އަދި މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބަލެމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭފަރާތްތަކާއިއެވެ.

 

* މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

* ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަރުން ހިންގާ ރާއްޖެއިން ބެރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކްޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ. )،ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ)ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

*ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

* މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ )

* ވަޒީފާއަށްއެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީ.

* ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 

 

ތަކެތި ހުށައަޅަންޖެހޭ އޮފީސް

 

މިވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅުއްވާނީ މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ  21 ފެބްރުއަރީ 2017 ވާ އަންގާރަ   ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިންނެވެ.

 

ނޯޓް:

މިއިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީމާރކްސްލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރ: 3315759 އާއި ގުޅުއްވުން އެދެމެވެ.

 

 

11 ފެބުރުވަރީ 2017