ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2017 | 003
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 16 ފެބުރުވަރީ 2017 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފިސަރ

މަޤާމް: އޮފިސަރ

ޑިޕާޓްމަންޓް: މެޑިކަލް ރެކޯރޑްސް  

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސް

ތަޢުލީމާ ތަޖުރިބާ:

 

  1. ހެލްތް އިންފޮމޭޝަން މެނޭޖުމަންޓް/ހެލްތް އިންފޮމޭޝަން ޓެކްނޮލޮޖީ  ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. ހެލްތް އިންފޮމޭޝަން މެނޭޖުމަންޓް/ ހެލްތް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަތީ ސާނަވީ އިމްތިޙާނުގެ 04 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުމާއިއެކު މަގާމާއި ގުޅޭދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި މައިކްރޯ ސޮޕްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންގެ މަޢުލޫމާތުތައް ޤަވާޢިދުން ވަގުތުން ވަގުތަށް ރެކޯޑު ކުރުމާއެކު އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  2. މިނިސްޓްރީ އޮފް ހެލްތާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ބޭނުންވާ ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ފޮނުވުން.

  3. ރިޕޯޓްކުރެވޭ ނުރައްކާތެރި ބަލިބައްޔާއި ނޯޓިފައިބަލް ޑިޒީސްއާއި ބެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ވަގުތުން އެންގުމާއި އެއްވެސް ކަހަލަ ރޯގާއެއް އުޅޭނަމަ އެކަމާބެހޭ ރިޕޯޓްތައްނަގާ ވަގުތުން ފޮނުވުމުގައި އެޕިޑެމިކްއާއި ޕެންޑެމިކްގައި ކަމާބެހޭ ފަރާތްތަކާއި ހޮސްޕިޓަލްގެ ވެރިން އަންގަވާގޮތެއްގެ މަތިން ހަރަކާތްތެރިވުން.

   4. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި އެޑްމިޓްކޮށްގެން ފަރުވާދެވޭ ބަލިމީހުންގެ ބަލިތަކާއި ވިހާ މަރުވާގެ މަޢުލޫމާތުތައް އައި.ސީ.ޑީ (އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް) އާއި އެއްގޮތަށް ދުވަހުން ދުވަހަށް ކޯޑްކޮށް އެމަޢުލޫމާތުތައް ފައިލްކޮށް ފަސޭހައިން ހޯދޭނެފަދަ ގޮތަކަށް ރައްކާތެރިކޮށް ބެލެހެއްޓުން.

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 16 ފެބްރުއަރީ 2016 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 ފެބުރުވަރީ 2017