ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2017 | 006
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 16 ފެބުރުވަރީ 2017 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓްއޮފިސަރ / އޮފިސަރ

މަޤާމް: އެސިސްޓެންޓްއޮފިސަރ / އޮފިސަރ

 

ޑިޕާޓްމަންޓް: ޓްރާންސްޕޯރޓް އެންޑް މެއިންޓެނަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލްގެ ޓްރާންސްޕޯރޓް ޔުނިޓް

ތަޢުލީމާ ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދައިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން ނުވަތަ
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       ހޮސްޕިޓަލުގެ ހުރިހާ ވެހިކަލް ތައް ދުވަހުން ދުވަހަށް ބަލާ، އެއްވެސް މަރާމާތެއް ކުރަންޖެހިއްޖެނަމަ، އެމަރާމާތެއް ކުރުން.

2-       ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ވެހިކަލްގެ މެއިންޓެނަންސް އާއި ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިއުން.

ކުރިމަތިލުމުގެ ސުންގަޑި: 16 ފެބްރުއަރީ 2017 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ

  • ވަޒީފާއަށް އެދޭ ފޯމް
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 ފެބުރުވަރީ 2017