ދިވެހިރާއްޖެ
ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫޢު
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު – ޑްރާފްޓްސް ޕާރސަން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތަކުގެ ކުރެހުންތައް ޑްރާފްޓްކޮށް އެމަސައްކަތް ކުރިއަށް ގެންދިޔުމުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކުންފުންޏެއް/ފަރމެއްގެ ޙިދުމަތް ހޯދުމަށް (02 ފެބްރުވަރީ 2017) ހުޅުވާލި ނަންބަރު (IUL)438-RDS/1/2017/8)) ޢިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގެވެރިކަން ފާޅުކޮށްފައި ނުވާތީވެ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ކުންފުނި/ފަރމްގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވީ މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.
ޕްރީ ބިޑް ބައްދަލުވުން
މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ނުވަތަ ފޯނު ކުރައްވާނީ ތިރީގައި ބަޔާން ކުރައްވާފައިވާ އެޑްރެސްއަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv