ދިވެހިރާއްޖެ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ ނަމްބަރު: GS07/IUL/2017/005
އިޢުލާން
ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރަކު ތަމްރީނު ކުރުމަށް މީހަކު ހޯދުން
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން / ނ.އަތޮޅު ތަޢުލީމީ މަރުކަޒު
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- މަދަރުސާގައިތިބި ޚާއްޞައެހީއަށްބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
- ކިޔަވައިދޭން ހަމަޖެހިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
- މަދަރުސާގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ދިވެހިސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މަދަރުސާގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
- މި މަދަރުސާގައި ހިންގަމުންދާ ސެން ކްލާހުގެ ދަރިވަރުންނަށް ކިޔަވައިދިނުމާއި އަދި ކިޔަވައިދިނުމާ ގުޅޭ އެންމެހާ މަސްއޫލިއްޔަތުތައްއަދާކުރުން.
- ސެން ކްލާހުގެ ދަރިވަރުންގެ އިތުރު ޙަރަކާތްތައް ރާވައި ހިންގައި ބައިވެރިވެ މަސައްކަތްކުރުން.
ޝަރުތު:
- ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސްލި ލިބިފައިވުން.
މީހަކު ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ތަމްރީނު ފުރުޞަތައް އެދި ހުށައަޅާ ސިޓީ
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
ނ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަމްރީނު ފުރުޞަތައް އެދެންވީ ގޮތާއި ސުންގަޑި
- ތަމްރީނު ފުރުޞަތައް އެދި ހުށަހަޅަންޖެހޭ ސިޓީއާއި، ތަކެތި ހުށަހަޅުއްވާނީ މިމަދަރުސާގެ (ނ.އަތޮޅު ތަޢުލީމީ މަރުކަޒު) ގެ އިދާރާ އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 ފެބުރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
12 ޖުމާދިލްއޫލާ 143829
09 ފެބުރުއަރީ 2017