މަސައްކަތް
ނަންބަރު: GS-171/IUL/2017/05
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 20 ފެބުރުވަރީ 2017 00:00
ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
4 ފާހާނާ އިމާރާތްކުރުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

       

             މިސްކޫލްގައި 4 ފާހާނާ އިމާރާތް ކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 14 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11.00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތުދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މަގުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

                                    

 

 

 

                                   

08 ފެބުރުވަރީ 2017