ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/13
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 16 ފެބުރުވަރީ 2017 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އެގްޒެކެޓިވް

 

 

 

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                 އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/13) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެކައުންޓްސް އެގްޒެކެޓިވް

މުސާރަ: 6,600/- ރުފިޔާ މަހަކު

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: 4,400/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: އެކައުންޓްސް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1.  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަޤާމުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަޤާމުގެ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިކޯޕަރޭޝަނުން މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓްރާންސްފަރ ކުރަންޖެހޭ އެންމެހާ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި އެންމެހާ ރެކޯޑުތައް ބަލަހައްޓާ ރިޕޯޓްކުރުން.
  • މިކޯޕަރޭޝަނުން މިނިސްޓްރީ އޮފް ޓުއަރިޒަމް މެދުވެރިކޮށް ޓްރާންސްފަރ ކުރަންޖެހޭ އެންމެހާ ބިލް އަދި ޕޭމަންޓްސްތައް ސިސްޓަމަށް ޤަވައިދުން އަޕްޑޭޓް ކުރުން އަދި މިކޯޕަރޭޝަންގެ ފައިނޭންޝަލް ޓްރާންސެކްޝަންތައް ހިންގުމުގައި ބޭނުންކުރާ އެމްއެމްއޭ ފަންޑް ކޮންޓްރޯލް އެކައުންޓް ރިކޮންސައިލް ކުރުމާއި އެ އެކައުންޓް ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ރިސީވެބަލްސް އަދި ޕޭޔަބަލްސް  ކުލިއަރ ކުރުމުގައި ޤަވައިދުން ފޮލޯއަޕް ހެދުމާއި ރިކޮންސައިލްކޮށް މައްސަލަތައް ހައްލުކުރުމާއި ރިޕޯޓްކުރުން.
  • ބަޖެޓު އަދި އެހެނިހެން ރިޕޯޓުތަކާއި ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރާއިރު އެކައުންޓްސް އިސްވެރިޔާއަށް އެހީވެދިނުން.
  • މިކޯޕަރޭޝަންގެ ތިޖޫރީ ޤަވައިދުން ބަލަހައްޓައި ހަފްތާއަކު އެއްފަހަރު ރިޕޯރޓް ހެދުން.
  • ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

 

 ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 

:ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

 

އިތުރު މަޢްލޫމާތު:

  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭފަރާތްތަކަށް އިސްކަންދެވޭނެ އެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، މަޤާމާއިގުޅޭ މާއްދާތަކުން އެންމެ މަތީ ފާސް ހޯދާފައިވާ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

11 ޖުމާދަލްއޫލާ 1438ހ.

8 ފެބްރުއަރީ 2017މ 

 
08 ފެބުރުވަރީ 2017