ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/12
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 16 ފެބުރުވަރީ 2017 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އެގްޒެކެޓިވް

 

 

 

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                  އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/12) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ސީނިއަރ އެކައުންޓްސް އެގްޒެކެޓިވް

މުސާރަ: 7،200 ރުފިޔާ މަހަކު

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: 4,800/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1.  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށް މަޤާމުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން، ނުވަތަ
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށް މަޤާމުގުގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރޮމޯޝަނަލް ފެއަރތަކަށް ކުރެވޭ ޚަރަދުތަކުގެ ހިސާބުތައް ގަވާއިދުން އެންޓަރކޮށްފައި ވޭތޯ ބަލާ، ފެއަރ ނިމުމުން ރިޕޯރޓްތައް ނިންމާ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިއެއްގެ ލަފާގެ މަތިން ފެއަރ އަށް ވަޑައިގަންނަވާ ފަރާތްތަކާއި ހިއްސާކުރުން.
  • ކޮންމެ އަހަރަކު ބަޖެޓް ތައްޔާރު ކުރާއިރު ޢަމަލީ ގޮތުން ބައިވެރިވުމާއި އެކައުންޓްސް ޑިޕާޓްމެންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމުގައި އެކައުންޓްސް އިސްވެރިޔާއަށް އެހީތެރިވެދިނުން.
  • މިކޯޕަރޭޝަނަށް ހޯދާ ފިކްސް އެސެޓްސް އަދި މެޝިނަރީގެ އިންވެންޓްރީ ޤަވާއިދުން ބެލެހެއްޓުން.
  • މިކޯޕަރޭޝަނުން ހަދަންޖެހޭ ޕޭމަންޓްތައް ހެދުމަށްޓަކައި ފުރަންޖެހޭ އޮތޮރައިޒޭޝަން ފޯރމްތަކައް ބޭނުންވާ ސަޕޯރޓިންގ ޑޮކިއުމަންޓްސް ހަމަކޮށް ޗެކްކޮށް، އޮތޮރައިޒޭޝަން ފޯރމްތައް ޤަވައިދުން ތައްޔާރުކުރަމުންދޭތޯ ބެލުމާއި އަދި ފޯރމްތައް އޮތޮރައިޒްކުރުމުން ސަރުކާރުގެ ކަމާބެހޭ އިދާއިރާތަކަށް ފޮނުވަންޖެހޭ ޕޭމަންޓްތައް ޤަވައިދުން ތައްޔާރުކުރަމުންދޭތޯ ބަލާ ޗެކްކުރުން.
  • ޤަވައިދުން ޕޭޔަބަލްސް އަދި ރިސީވެބަލްސް ބެލެންސްތައް ބަލާ ރިކޮންސިލިއޭޝަން ހެދުމާއި އެކު ބޭންކް އަދި ވެންޑަރ ރިކޮންސިލިއޭޝަން ހަދަމުންދޭތޯ ބެލުމާއި، އެތަކެތި ޤަވައިދުން ޗެކްކުރުމާއި މައްސަލަތައް ހައްލުކޮށް ރިޕޯޓްކުރުން.
  • މިކޯޕަރޭޝަންގެ ފަރާތުން މީރާ އަށް ދައްކަންޖެހޭ BPT އާއި GST އަދި އަހަރީ ފީ އަދި އެހެނިހެންވެސް ފީތައް ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް އަދި ހުށައަޅަންޖެހޭ ރިޕޯޓްތައް (ކުއާޓާރލީ ރިޕޯޓްތަކާއި، ކޭޝްފުލޯ) ހުށައަޅަންޖެހޭ މުއްދަތަށް ހުށައެޅުމާއި އެހީތެރިވެ ދިނުން.
  • މިކޯޕަރޭޝަންގެ މުސާރައާއި އެކަމާ ގުޅުން ހުރި އެންމެހާ ޕޭމަންޓްސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ޖަމާކުރުމާއި ޕްރޮސެސްކުރުން.
  • މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

މިކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

 

 ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

 

:އިތުރު މަޢްލޫމާތު

  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭފަރާތްތަކަށް އިސްކަންދެވޭނެ އެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، މަޤާމާއިގުޅޭ މާއްދާތަކުން އެންމެ މަތީ ފާސް ހޯދާފައިވާ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

11 ޖުމާދަލްއޫލާ 1438ހ.

8 ފެބްރުއަރީ 2017މ

08 ފެބުރުވަރީ 2017