ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/11
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 16 ފެބުރުވަރީ 2017 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޕްރޮކިއުމަންޓްސް އެގްޒެކެޓިވް

 

 

 

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                    އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/11) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ސީނިއަރ ޕްރޮކިއުމަންޓްސް އެގްޒެކެޓިވް

މުސާރަ: 7،200 ރުފިޔާ މަހަކު

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: 4,800/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1.  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށް މަޤާމުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށް މަޤާމުގުގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި އާރް.އެފް.ޕީތައް މެނޭޖްމަންޓުގެ ލަފާގެ ދަށުން ތައްޔާރުކުރުން.
  2. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
  3. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުން.
  4. އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ޑްރާފްޓްކޮށް އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  6. މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.
  7. ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

 

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

 

:އިތުރު މަޢްލޫމާތު

  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، މަޤާމާއިގުޅޭ މާއްދާތަކުން އެންމެ މަތީ ފާސް ހޯދާފައިވާ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

11 ޖުމާދަލްއޫލާ 1438ހ.

8 ފެބްރުއަރީ 2017މ

08 ފެބުރުވަރީ 2017