ޢާންމު މަޢުލޫމާތު
ނަންބަރު: C8C/2017/01
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 28 ފެބުރުވަރީ 2017 14:00
ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އައު އެއަރ ކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 އެއަރ ކޮންޑިޝަން ނައްޓައި އައު އެއަރ ކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުން

                މިކޯޓްގައި  ބަހައްޓާފައި ހުރި 9000 ބީޓީޔޫގެ 02 އެއަރ ކޮންޑިޝަނާއި 24000 ބީޓީޔޫގެ 2 އެއަރކޮންޑިޝަން ނައްޓައި އައު އެއަރ ކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، އަމިއްލަ ތަކެތީގައި  މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުވަރީ 2017ވާ ބުދަދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 28 ފެބްރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެންދެއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ  އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުންޏެއްގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

                 11 ޖުމާދަލްއޫލާ  1438

                 08 ފެބްރުވަރީ   2017 

 

08 ފެބުރުވަރީ 2017