ކުއްޔަށް ހިފުން
ނަންބަރު: (IUL)459-A/1/2017/32
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 14 ފެބުރުވަރީ 2017 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

               މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:  (IUL)459-A/1/2017/15 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

             

              ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30  އަށް ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

08 ފެބުރުވަރީ 2017

 

 

 

 

08 ފެބުރުވަރީ 2017