ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)247-CA/247/2017/12
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 19 ފެބުރުވަރީ 2017 13:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ ރަށްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބެހޭ

އިޢުލާން

ހއ.ހޯރަފުށީ ރަށްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބެހޭ

              މި އިދާރާއިން ދޭ ނަމޫނާ ކުރެހުމާއި އަދި މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ރަށްޔިތުންގެ  ރަށްވެހިގޭގެ އައު ޢިމަރާތަށް ބޭނުންވާ ފަރުނީޗަރު ގަނެ މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

14 ފެބްރުއަރީ 2017

އަންގާރަ

13:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

19 ފެބްރުއަރީ 2017

އާދިއްތަ

 13:30          

              މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވައި ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

                  10 ޖުމާދަލްއޫލާ 1438

                  07 ފެބްރުއަރީ  2017

07 ފެބުރުވަރީ 2017