މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/22
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 13 ފެބުރުވަރީ 2017 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ.

އިޢުލާން

       ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު  IUL) 23-AP/23/2017/8)  އިޢުލާނާ ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ސްކޯރޕް ބަދަލުވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 19 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޖުމާދަލްއޫލާ 1438

08 ފެބުރުވަރީ 2017