ދިވެހިރާއްޖެ
އަތޮޅު ތެރޭގައި ދީނީ ނަސޭޙަތްދެއްވާނެ ބޭފުޅުން ހޯދުމާއި ބެހޭ:
މި މިނިސްޓްރީގެ ފަރާތުން އަތޮޅުތެރޭގެ ރަށްތަކުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ބޭނުންވެއެވެ.
މަގާމުގެ ނަން: ކޮންސަލްޓެންޓް
ބޭނުންވާ ޢަދަދު: 03
މުއްދަތު: 01 އަހަރު
އުޖޫރަ: މަސައްކަތުގައި ހޭދަވާ ކޮންމެ ދުވަހަކަށް -/1000 ރުފިޔާ
މި މަގާމުގެ މަސްޢޫލިއްޔަތު :އަތޮޅުތެރޭގައި ދީނީ ނަސޭހަތްދިނުމާއި، މި މިނިސްޓްރީން ހިންގާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
ފެންވަރު ނުވަތަ ޝަރުޠު: ބޭރުގެ އިސްލާމިކް ޔުނިވަރސިޓީއަކުން އަރަބިބަހުން، އިސްލާމީ ޝަރީޢާގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
ނުވަތަ،
އެފަދަ ޔުނިވަރސިޓީއަކުން ދީނީ މާއްދާތައް ކިޔަވާފައިވާކަން އެނގޭ ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، މިސެޓްފިކެޓަކީ އެކްރެޑިއޭޓްކޮށްފައިވާ ސެޓްފިކެޓެއްކަމުގައިވުން.
އަދި
މި މިނިސްޓްރީން ދޫކުރާ ދީނީ ނަޞޭޙަތްދިނުމުގެ ހުއްދައޮތުމާއެކު 2 އަހަރު ދުވަހުގެ ދީނީ ނަސޭޙަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
ފުރިހަމަކޮށްފައިވާ ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު. ( ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ މައިގަނޑު ކަންތައްތައް:
ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ 03 ފަރާތަކަށެވެ.
ކޮންސަލްޓެންޓް މަގާމަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
ސުންގަޑި
16 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުއަށެވެ. (އިސްލާމީ މަރުކަޒު)
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
10 ޖުމާދަލްއާޚިރާ 1438
07 ފެބްރުވަރީ 2017