ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2017/30
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 16 ފެބުރުވަރީ 2017 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީ (IUL)459-HRM/1/2016/246 ނަމްބަރު އިޢުލާން ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް:

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-251496

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

މިޑްލް މެނޭޖްމެންޓް ސަރވިސް

މަޤާމުގެ ރޭންކް:

MS 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

ޕޮލިސީ ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަގެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާރޓްމަންޓް/ޑިވިޜަންގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސްޓްރެޓެޖިކް ޕްލޭންތައް ރާވާއި އެކަށައަޅައި، އެ ތަންތަނާ ގުޅިގެން ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
  3. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އަހަރީ ވަރކް ޕްލޭންތައް އެކުލަވާލައި، އެ ތަންތަނާ ގުޅިގެން ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި، މިޑްއިޔަރ ރިވިއު ހެދުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.
  4. ސަރުކާރުގެ ސިޔާސަތުތަކާއި މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭންތައް ރާވައި އެކަށައަޅައި، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން، ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
  5. މިނިސްޓްރީ އާއި ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރާއި ނަތީޖާ ހާސިލުވާ މިންވަރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަވާއިދުން މަޢުލޫމާތު ހިއްސާކުރުން.
  6. މިނިސްޓރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތަކާއި ޑޯނަރ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތައް ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  7. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެމަސައްކަތްތައް ވިލަރެސްކުރުން.
  8. ހުރިހާ ޕްރޮޖެކްޓްތަށް މިނިސްޓްރީގެ ސިޔާސަތުތަކާ އަދި ޕްލޭންއާއި އެއްގޮތަށް ދޭތޯ ބަލައި މޮނިޓަރކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނެއުން.
  9. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރުބަލާ މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްކުރުން.
  10. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއު އަދި އެނުއަލް ރިވިއުގެ މަސައްކަތް ޑިވިޜަން/ސެކްޝަން ތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މިމަސައްކަތް ވިލަރެސްކުރުން. އަދި ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  11. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތަންފީޒުކުރުން ލަސްވެ ނުވަތަ ދަތިތަކެއް ދިމާވާނަމަ، މިކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކަމާގުޅޭ ޑިވިޜަން/ސެކްޝަންއައި މަޝްވަރާކޮށް ކުރުމާއި ޙައްލު ހޯދައި މަސައްކަތް ކުރިއަށް ގެންދިއުން.
  12. ޑިޕާރޓްމަންޓް/ޑިވިޜަންގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  13. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސްޓްރެޓެޖިކް ޕްލޭންތައް ރާވާއި އެކަށައަޅައި، އެ ތަންތަނާ ގުޅިގެން ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
  14. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އަހަރީ ވަރކް ޕްލޭންތައް އެކުލަވާލައި، އެ ތަންތަނާ ގުޅިގެން ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި، މިޑްއިޔަރ ރިވިއު ހެދުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.
  15. ސަރުކާރުގެ ސިޔާސަތުތަކާއި މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭންތައް ރާވައި އެކަށައަޅައި، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން، ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
  16. މިނިސްޓްރީ އާއި ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރާއި ނަތީޖާ ހާސިލުވާ މިންވަރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަވާއިދުން މަޢުލޫމާތު ހިއްސާކުރުން.
  17. މިނިސްޓރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތަކާއި ޑޯނަރ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތައް ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  18. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެމަސައްކަތްތައް ވިލަރެސްކުރުން.
  19. ހުރިހާ ޕްރޮޖެކްޓްތަށް މިނިސްޓްރީގެ ސިޔާސަތުތަކާ އަދި ޕްލޭންއާއި އެއްގޮތަށް ދޭތޯ ބަލައި މޮނިޓަރކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނެއުން.
  20. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރުބަލާ މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްކުރުން.
  21. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއު އަދި އެނުއަލް ރިވިއުގެ މަސައްކަތް ޑިވިޜަން/ސެކްޝަން ތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މިމަސައްކަތް ވިލަރެސްކުރުން. އަދި ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  22. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

1. ސޯޝަލް ސައިންސް،  ޕްރައިމަރީ ހެލްތް ކެއަރ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ

5- ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލް ކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3013018 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 ފެބުރުއަރީ މަހާއި 2017 މާރިޗު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% (ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

 

10 ޖުމާދަލްއޫލާ 1438ހ

7 ފެބުރުވަރީ 2017މ

 

07 ފެބުރުވަރީ 2017