ދިވެހިރާއްޖެ
`
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ތ.ތިމަރަފުށި، ދިވެހިރާއްޖެ.
ނަންބަރު: (IUL)391-F1/391/2017/3
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި އިދާރާގެ ނަންބަރު (IUL)F1/391/2017/01 (10 ޖެނުއަރީ 2017) އިއުލާން ބާތިލްކޮށް ތިރީގައިމިވާ މަޤާމަށް އަލުން އިއުލާން ކުރަމެވެ. ވީމާ ، ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ވާހަކަ އާންމުކޮށް އަންގައި ޢިޢުލާނު ކުރީމެވެ.
މަޤާމް: ޕްރޮޖެކްޓް އޮފިސަރ
ރޭންކް: އެމް.އެސް 1
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1
އޮފީސް / އިދާރާ: ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
ސަރވިސް އެލެވަންސް: 2000.00 ރުފިޔާ (ދެ ހާސް ރުފިޔާ)
އެހެނިހެން އިނާޔަތްތައް: ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތިރީގައި މި ދަންނަވާ އިނާޔަތްތައް ލިބޭނެއެވެ.
- އިތުރުގަޑީގެ ފައިސާ
- ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
ބޭނުންވާ އަދަދު: 1
މަޤާމުގެ ޝަރުތުތައް:
(ތައުލީމާއިތަޖުރިބާ) 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
.ނުވަތަ
2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމާއި ގުޅުންހުރި
ތައުލީމުގެ ދާއިރާތައް:ޕްރޮޖެކްޓް މެނޭޖްމަންޓް، ސިވިލް އިންޖިނޭރިންގ، އާކިޓެކްޗަރ، ސޯޝަލް ސައިންސް، ޕަބްލިކް ހެލްތު، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ބިޒްނަސްގެ ދާއިރާތައް، ކޮމްޕިއުޓިންގ ނުވަތަ އައި.ޓީގެ ދާއިރާތައް (މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މި ދާއިރާއަކުން ޝަރުތުހަމަވާ ލެވެލްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.)
މަޤާމުގެ މަސްއޫލިއްޔަތު
(ޕްރޮޖެކްޓް އޮފިސަރ):
- ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓްތައް ހެދުމަށް، ބޭނުންވާ އެންމެހާ މައުލޫމާތުތައް އެއްކޮށް ޕްރޮޖެކްޓްތައް ހަދައި، ކައުންސިލަށް ހުށައެޅުން.
- ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ބަލައި މޮނީޓަރކޮށް ޤަވާއިދުން ހުށައަޅަންޖެހޭ ތާރީޚްތަކަށް ރިޕޯރޓްތައް ތައްޔާރުކޮށް ހުށައެޅުން.
- ރަށުގެ ފެނާއި، ކަރަންޓާ، ނަރުދަމާއާއި، ވިޔަފާރިއާއި އިންޑަސްޓްރިއަލް މަސައްކަތާއި، އެއްގަމާ ކަނޑު އުޅަނދު ފަހަރާއި، މަގުމަތީ ޓްރެފިކްއާއި، އާމްދަނީ ހޯދުމަށް ކުރާ އެންމެހާ މަސައްކަތްތަކާއި، ކުނި އުފެދޭގޮތާއި އަދި ކުނި ނައްތާލެވޭ ގޮތާއި، ކުޅިވަރާއި ކުޅިވަރު ކުޅޭ ތަންތަނާބެހޭ އެންމެހާ މައުލޫމާތު އެއްކޮށް، މިފަދަ މައުލޫމާތުތައް ހިމެނޭ ޑާޓާބޭސްއެއް ތައްޔާރުކޮށް ޤަވާއިދުން އަޕްޓްޑޭޓްކޮށް ބެލެހެއްޓުން.
- ރަށުގެ ލޭންޑް ސްކޭޕް ޕްލޭންކޮށް ޑިޒައިންކޮށް ތައްޔާރުކުރުން.
- ހިއުމަން ރިސޯސް ޕްލޭންކުރުމާއި ރަށުގެ ބިޒްނަސް ޕްލޭންކުރުމާއި ކައުންސިލަށް ބޭނުންވާ ލަފާދިނުން.
- އެކިކަންކަމުގެ ކައުންސިލަށް ބޭނުންވާ ތަފާސް ހިސާބްތަކުގެ ރިޕޯރޓްތައް ހަދައި ހުށައެޅުން.
- ދިރިއުޅުމަށާއި އަދި އެހެން ބޭނުންތަކަށް ރަށުގައި ބުރިބުރިއަށް ޢިމާރާތްކުރެވޭ ތަންތަނުގެ ފެންވަރުބަލައި މޮނީޓަރކުރުން.
- ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި، ތަންތަނާއި، ބަނދަރާއި ޕަބްލިކް ޕާރކްފަދަ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދައި ކައުންސިލަށް ހުށައެޅުން. (މެއިންޓެނެންސް ޕްރޮޖެކްޓްސް)
- އެކިއެކި ކާރިސާތަކާއި ބެހޭ މައުލޫމާތު އެއްކުރުމާއި ދިމާވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުން ލިބޭ ގެއްލުމުގެ ތަފްސީލް ރިޕޯރޓް ހަދައި ކައުންސިލަށް ހުށައެޅުން.
- ކައުންސިލްގެ އިދާރާއިން ހިންގާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވެ މަސައްކަތްކުރުމާއި އިވެލުއޭޝަން ކޮމިޓީގެ އިދާރީ މަސައްކަތް ކުރުން.
- ދައުރުވާ ގޮތަށް އޮފީސް ހުޅުވައި ލެއްޕުން
- މީގެ އިތުރުންވެސް ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
ވަޒީފާއަށް އެންމެ ޤާބިލު
ފަރާތެއް ހޮވުމަށް ބެލޭނެ
ކަންތައްތައް: - ވަޒީފާއަށް ޝަރުތު ހަމަވުން ()
- ތައުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)
- މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)
- އިންޓަރވިޔު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)
ހުށަހަޅަންޖެހޭ ލިޔުންތައް:- 1.ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ދިވެހި ސިވިލްސާވިސްގެ ވަޒީފާއަށް އެދޭފޯމް) (އެޕްލިކޭޝަން ފޯމް www.csc.gov.mv)) އަދި ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީ(އެމްކިޔޫ.އޭގައި ރަޖިސްޓްރީ ކޮށްފައިވާ ރާއްޖޭގައި ހިންގާ ތަޢުލީމް ދޭ ފަރާތްތައްނޫން ފަރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ނަމަ އެމް.ކިޔޫ.އޭ އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ އަސްލާ އެއްގޮތް ކޮޕީ ހުށަހަޅާންވާނެއެވެ.) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއި އެއްގޮތް ކޮޕީ).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ވަޒީފާއަށް އެދި ހުށަހެޅުއްވި ލިޔުން ތަކުގެ ލިސްޓް
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 12 ފެބްރުއަރީ 2017 ވަނަދުވަހު މެންދުރު 14:00 ގެ ކުރިން ތިމަރަފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
ޝޯޓްލިސްޓް ކުރުމާއި
އިންޓަރވިޔުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު 12 ފެބްރުއަރީ 2017 އާއި 25 ފެބްރުއަރީ 2017 އާއި ދެމެދުގައި ތިމަރަފުށީ ކައުންސިލްގެ އިދާރާގައ އޮންނާނެއެވެ.
މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780702 ނަންބަރު ފޯނާއިއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
24 ރަބީޢުލްއާޙިރު 1438
23 ޖެނުއަރީ 2017