މަސައްކަތް
ނަންބަރު: (IUL)461-AS/1/2017/2
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 09 ފެބުރުވަރީ 2017 11:00
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން ނަމްބަރު:   IUL)461-AS/1/2017/2)   

މިޑިޕާޓްމަންޓުގެ ފަރާތުން ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓްއަށް ޑޭޓާ އެނަލިސިސްއެއް 2015 އަދި 2016ވަނަ އަހަރު ހެދުމަށްފަހު ތައްޔާރުކޮށްފައިވާ 02ރިޕޯޓު ޕްރިންޓު ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)461-AS/1/2017/1 (24 ޖެނުއަރީ 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތުހިމެނޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv/#/download އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމަ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހު ތިރީގައި ދެންނެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން: 09 ފެބުރުވަރީ 2017ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2017ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް  ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ/ފަޅުމަތީމަގު/ މާލެ)ގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

 

އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ، 9 ވަނަ ފަންގިފިލާ

މާލެ ސިޓީ، ދިވެހިރާއްޖެ

 

ނޯޓް: - މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ. މިއުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv/#/download އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

އިތުރު މައުލޫމާތު: - އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ނަންބަރު  3341140 އާއި ގުޅުއްވުން އެދެމެވެ.

 

06 ފެބުރުވަރީ 2017