ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)GS-59-AD/PRIV/2017/8
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 14 ފެބުރުވަރީ 2017 00:00
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

                     މި ސްކޫލަށް ބޭނުންވާ 15 އޮފީސް މޭޒާއި 60 ޓީޗާރސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017  ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 21 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                     އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރަންވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރަށްވަން ވަޑައިގަންނަވާއިރު އައިޑި ކާޑު ގެންނެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

 

09 ޖުމާދަލްއޫލާ 1438

06 ފެބްރުއަރީ 2017

06 ފެބުރުވަރީ 2017