ނީލަން
ނަންބަރު: J-2017/42
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 08 ފެބުރުވަރީ 2017 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

            މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ކޮމްޕިއުޓަރ ސާމާނުތަކެއް  (ހަލާކުވެފައިހުރި)
  • 10 ގޮނޑި           (ހަލާކުވެފައިހުރި)

            މިތަކެތީގެ ނީލަން ފެށޭ އަގަކީ -/10،000 (ދިހަ ހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/500 ( ފަސްސަތޭކަ) ރުފިޔާ އެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވައި މަޢުލުމާތު ސާފުކުރެއްވުމަށް ފަހު،   ހުށައަޅުއްވާ އެންމެ މަތީއަގު ސިޓީއުރައެއްގައި ބަންދުކޮށް 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އަލުން މިތަކެތި ނީލަމަށް ލެވޭނެކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

            މިތަކެތި ބައްލަވަން ބޭނުންވެއްލައްވާ ފަރާތްތަކުން މިކުންފުނީގެ ނަންބަރު 7777553 ފޯނާ ގުޅުއްވުން އެދެމެވެ.

            09 ޖުމާދަލްއޫލާ 1438 

            06 ފެބުރުވަރީ  2017

06 ފެބުރުވަރީ 2017