ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ ދިވެހިރާއްޖެ
އިޢުލާން
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ތުއްތު ކުދިންނަށް ގާތުން ކިރުދިނުމާއި އިތުރުކާނާ ދިނުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ޞިއްޙީ ޙިދުމަތްތެރިން އަހުލުވެރިކުރުމުގެ" ތަމްރީނު ޕްރޮގްރާމް ބޭއްވުމަށްޓަކައި ހޯލަކާއި ބައިވެރިންގެ ސައި އަދި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ފެބުރުވަރީ 9 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.