ދިވެހިރާއްޖެ
ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭ
މި ސްކޫލްގެ ނަންބަރު: GS120/2016/IU/35 (އިޢުލާނު) 20-12-2016 ގެ އިޢުލާނާ ގުޅިގެން ހުށައަޅުއްވާފައިވާ ބިޑްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް، ބިޑު ހުށަހެޅުމަށްއަލުން ފުރުޞަތު ހުޅުވާލަމެވެ.
2017 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 18/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށައެޅުން  | 
| 
 14 ފެބުރުއަރީ 2017 ( އަންގާރަ) ދުވަހު 10:00 ގައި  | 
 23 ފެބުރުއަރީ 2017 ( ބުރާސްފަތި ) 14:00 ގެ ކުރިން  | 
| 
 ރަސްމާދޫ ސްކޫލު ލައިބްރަރީގައި  | 
 ރަސްމާދޫ ސްކޫލު ލައިބްރަރީގައި  | 
08 ޖުމާދަލްއޫލާ 1438