ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިމަރުކަޒުން ކުރި ނަންބަރ: (IUL)GS13-AC/GS13/2016/60އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. މައުލޫމާތު ލިބިގަތުމަށް 3 ފަރާތުން ހާޟިރުވެފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް، އަލުން މިމަރުކަޒުގެ 2 ކްލާސްރޫމުގެ ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުއަރީ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
05 ފެބްރުއަރި 2017