މަސައްކަތް
ނަންބަރު: (IUL)301-PN/301/2017/12
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 13 ފެބުރުވަރީ 2017 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު މަސްޖިދުއް ނޫރު ގައި ކުރާން ހުރި ބައެއް މަސައްކަތާއިބެހޭ

ރ.އަނގޮޅިތީމު މަސްޖިދުއް ނޫރު ގައި ކުރާން ހުރި ބައެއް މަސައްކަތާއިބެހޭ:

 

ރ.އަނގޮޅިތީމު މަސްޖިދުލް ނޫރުގައި ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓެކްޓް އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 13 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ 1:30 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  16 ފެބްރުއަރީ  2017 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 85

މަސައްކަތުގެ ތަޖްރިބާ : % 5

މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ޖުމާދުލް އޫލާ 1438  

05 ފެބްރުއަރީ   2017  

05 ފެބުރުވަރީ 2017