ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/27
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 08 ފެބުރުވަރީ 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަކާއި ފާމަސީ އެސިސްޓެންޓުން ބޭނުންވެއްޖެ

މަޤާމް :ލޭބަރ
ބޭނުންވާ އަދަދު :1
މަޤާމް :ފާމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :4

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

އަސާސީ މުސާރަ

ޢަދަދު

މަސައްކަތްކުރަންޖެހޭ ތަން

ފާމަސީ އެސިސްޓަންޓް

-/3380 ރުފިޔާ

1

ހދ.ނައިވާދޫ އެސް.ޓީ.އޯ ފާމަސީ

ފާމަސީ އެސިސްޓަންޓް

-/3380 ރުފިޔާ

1

ށ.ފީވަށް އެސް.ޓީ.އޯ ފާމަސީ

ފާމަސީ އެސިސްޓަންޓް

-/3380 ރުފިޔާ

1

ނ.މަގޫދޫ އެސް.ޓީ.އޯ ފާމަސީ

ލޭބަރ

-/3240 ރުފިޔާ

1

ޅ.ނައިފަރު އެސް.ޓީ.އޯ ފާމަސީ


ފާމަސީ އެސިސްޓަންޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް
  • ރެކުތަކުގައި ބޭސް އެތުރުން
  • ކްރެޑިޓު ބިލް ޗެކުކުރުން   
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • ފާމަސީ އެސިސްޓެންޓް ކޯސް / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • ކޯސްފުރިހަމަ ކޮށްފައިވާ ފަރާތެއް ވަޒީފާއަށް ކުރިމަތިލައްވާފައިނުވާނަމަ ކޯސް ފުރިހަމަކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެ

ލޭބަރ

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ލޯޑުކުރުމާއި އަންލޯޑުކުރުން
  • ދުވަހުން ދުވަހަށް ގުދަން ސާފުކުރުން
  • ހަރުތަކުގައި މުދާ އެތުރުން
  • މުދާ ދޫކުރުމުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑު 7 ފުރިހަމަކޮއްފައިވުން
  • ދިވެހި ބަހާއި އިނގިރޭސި ބަހުން މުޢާމަލާތުކުރަން އެނގުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 08 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected]

04 ޖުމާދަލްއޫލާ 1438

01 ފެބުރުވަރީ 2017