ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)306/306/2017/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 09 ފެބުރުވަރީ 2017 13:45
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދިމު (ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ނެގުމަށް)

     

                                                ނަންބަރ: (IUL)306/306/2017/9

      

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ޤަބުރުސްތާން މިސްކިތުގެ މުދިމު މަޤާމް ހުސްވެފައި ވާތީ، ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުޞޫލުން މީހަކު ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު  (IUL)306/306/2017/5 (17 ޖަނަވަރީ 2017) އިއުލާން ބާތިލްކޮށް، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މި މިޤާމް އަދާކޮށްދޭނެ  ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

މަޤާމް

މުދިމު ( ފިރިހެން )

ބޭނުންވާ ޢަދަދު

މަދުވެގެން 5

ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން)

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

މުހިއްމު ނޯޓް:

މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، މަސައްކަތް ހަވާލުކުރާނީ އެފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޕޫލްއެއް އެކުލަވާލުމަށްފަހުއެވެ. އެގޮތުން މިސްކިތްތަކުން ހުސްވާ މަޤާމްތަކަށް ބަދަލުގައި ނިކުންނާނެ މުވައްޒަފަކު ހަމަޖައްސާނީ މި ޕޫލްގެ ތެރެއިންނެވެ. މިއީ ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތް ކުރައްވަންޖެހޭ މަޤާމްތަކަކަށްވާތީ، އުޖޫރަ ހަމަޖެހޭނީ، މަސައްކަތް ކުރާ ގަޑިއިރަކަށް މަހު މުސާރަ އާއި އެލަވްންސް ޖެހޭ މިންވަރަށް އުޖޫރަ ދޭ އުޞޫލުންނެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

ޤަބުރުސްތާން މިސްކިތް  / ރ. ރަސްމާދޫ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކޮންމެ ނަމާދެއްގެ ގަޑި ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ބަލައި ރަނގަޅުކުރުމާއި މިސްކިތު އެތެރެ އާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ފަރުޟު ފަސް ނަމާދުގެ ވަގުތަށް ބަންގި ގޮވުމާއި ޤަމަތް ދީ  އިމާމުވެ ނަމާދުކުރުން
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެ ކަމެއް ރަށު އޮފީހަށް އަންގައި އެކަން ރަގަޅު ކުރެވޭތޯ ބެލުން
  3. ރަށު އޮފީހުން އަންގައިފި ހިނދެއްގައި މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރުން
  4. ރަމަޟާން މަހުގައި މިސްކިތުގައި އިމާމުވެ ތަރާވީޙުގައި ނަމާދުކުރުން
  5. ޢިމާމުވެ ޢީދު ނަމާދުކުރުން
  6. ޢިމާމުވެ ކަށު ނަމާދާއި ކޭތަ ނަމާދު ކުރުން
  7. އޮފީހުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

 

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

 

 

 

 

 

 

 

 

ޖީ.އެސް 1

 

 

 

 

 

 

 

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބތު ކޮށްދިނުމާއިއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

3565.00

 

 

 

 

 

 

 

 

1500.00

 

 

 

 

 

 

 

 

 

އެހެނިހެން އިނާޔަތްތައް:

  • މިއީ ވޭޖްއެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ނެގޭ މަޤާމަކަށްވާތީ، މުސާރައާއި އެލަވަންސްގެ ގޮތުގައި މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ދެވޭ އުޖޫރައިގެ އިތުރުން އެއްވެސް އިނާޔަތެއް ހަމަޖެހިފައިނުވެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-      ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން

2 - ލިބިލައްވާފައިވާ މަސައްކަތު ތަޖުރިބާ

3 - މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް

 

މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ޕޫލް އެއް އެކުލަވާލުމަށްޓަކައި ހުށަހެޅި ފަރާތްތަކަށް ކުރެވޭނެ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

ޕޫލް އެކުލަވާލުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރަސްމާދޫގައެވެ.  މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

02-   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

03-  ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.)ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސްގެ ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

04-  ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

05-   މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

06-  ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

07-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކ

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2017 ފެބްރުއަރީ  09 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު ފަހު 13:45 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

                 

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

                      01 ފެބްރުއަރީ 2017                      

 

01 ފެބުރުވަރީ 2017