ނީލަން
ނަންބަރު: (IUL)265/265/2017/8
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 07 ފެބުރުވަރީ 2017 10:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ގުދަނުގައިހުރި ބާ ތަކެތި ނީލަންކިޔުން

މިއިދާރާގެ ގުދަނުގައިހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.  ތަކެތި ނީލަމުން ނެގުމަށް ބޭނުންވާ ފަރާތްތަކުން 7 ފެބުރުއަރީ 2017 (އަންގާރަ) ދުވަހުގެ 10:00 އަށް މިކައުންސިލް އިދާރާ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާމެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްޢޫލާ 1438 ހ

‏02 ފެބުރުއަރީ 2017  މ

02 ފެބުރުވަރީ 2017