ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)237-C/237/2017/4
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 12 ފެބުރުވަރީ 2017 12:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުސްޓޯރަށް މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

ފ. އަތޮޅުސްޓޯރުގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާން ކުރަމެވެ.  

 

ވަޒީފާގެ ފުރުޞަޠު

މަޤާމް:

މަސައްކަތު

މަޤާމްގެ ކްލެސިފިކޭޝަން ރޭންކާއެކު:

ސަޕޯޓް ސްޓާފް ގްރޭޑް 1 (ރޭންކް: އެސްއެސް 01)

މުސާރަ:

3,100.00 ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން:

ފ. އަތޮޅުސްޓޯރު

ތަޢްލީމާއި ތަޖްރިބާ:

 

 

 

 

ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައި ވުން. 

ނުވަތަ

2- މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސްއެސް 01 ރޭންކް ނުވަތަ އެއަށްވުރެ މަތި ރޭންކަކާއި އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން، ނުވަތަ މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

3- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މުރާލި މީހެއްކަމުގައި ވުން.

4- ފިރިހެނުންނަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1- އަތޮޅުސްޓޯރުގެ ޑިއުޓީ ޓޭބަލްގައިވާ ގޮތުގެ މަތިން ސްޓޯރަށް ގަޑިޔަށް ޙާޟިރުވެ ސްޓޯރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުމާއި ސްޓޯރަށް މުދާ ގެންނަ ދުވަސްދުވަހާއި އެނޫންވެސް ބައެއް ދުވަސް ދުވަހު ކަނޑައެޅިފައިވާ ޑިއުޓީގެ އިތުރުން މަސައްކަތުގައި އުޅެން ދިމާވެއްޖެނަމަ، މަސައްކަތް ނިމެންދެން މަސައްކަތުގައި އުޅުން،

2- މިނެކިރަންޖެހޭ ތަކެތި ކިރުމާއި ކަސްޓަމަރުންނަށް ދޫކުރުމަށް އަންގާ މުދާ ދޫކުރުމާއި ގުދަނުން ސްޓޯރަށް ގެންނަންޖެހޭ މުދާ ގެނައުމާއި ސްޓޯރުގައި ހުންނަ މުދަލުގެ ތެރެއިން އަވަހަށް ހަލަކުވާ ތަކެތި ހަލާކުވަމުން ދޭތޯ ބެލުމާއި ސްޓޯރުގެ އެތެރެއާއި ބޭރު މަގުމައްޗާއެކު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

3- ސްޓޯރުގެ މުދާ ޖައްސާފައި ހުރި ހަރުގަނޑުތައް ހަޑިވިޔަ ނުދީ ސާފްކޮށް ބެކެހެއްޓުމާއި ތަރުތީބު ގެއްލޭގޮތަށް ފިހާރަ ތެރޭގައާއި ހަރުގަނޑު ތަކުގައި ތަކެތި ހުރޭތޯ ބަލައި އެގޮތަށް ހުންނަ ތަކެތި ރަނގަޅު ކުރުމާއި ބެލެހެއްޓުން.

4- ސްޓޯރުގެ ކާޑު ކިރާ ބަޔާއި ގުދަންތައް ރަނގަޅަށް ސާފްކޮށް ބެލެހެއްޓުމާއި ކާޑު ހުސްވަމުންދާ މިންވަރު ބަލައި ކާޑު ގެނައުމަށް މަސައްކަތް ކުރުން.

5- ހުސްވަމުންދާ މުދާ ލިސްޓް ކުރުމަށްޓަކައި ސްޓޯރުގެ މުޥައްޒަފުންނަށް އަންގަމުން ގެންދިއުން.

6- މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާއި ގުޅޭގޮތުން ސްޓޯރުގެ އެހެން މުޥައްޒަފުން އަންގާ ކަންކަން ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ފެބުރުވަރީ 12 ވަނަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ވަޒީފާ އަށް އެދޭ ފޯމް (މި ފޯމް ފ. އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- ތަޢްލީމީ ސްޓެފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވަ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ، އެތަނުގެ ތައްގަނޑު ޖެހި ރަސްމީ ލިޔުމެއް

6- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުޥައްޒަފަކު މިމަޤާމަށް ހޮވިއްޖެ ނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަން އަންގައިދޭ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. (މުޥައްޒަފު ވަޒީފާ އަދާކުރާ އޮފީހުން / އިދާރާއަކުން ކުރާ އިޢުލާނަކަށް ކުރިމަތި ލާނަމަ، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)

7- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

8- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނެ ލިޔުން. (ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާ)

އެހެނިހެން ކަންތައްތައް:

1- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

2- މި މަޤާމަށް ހޮވޭ ފަރާތް ފުރަތަމަ ވަޒިފާގައި ގެންގުޅެވޭނީ ވަގުތީ ކޮންޓްރެކްޓްގެ ދަށުންނެވެ. ނަމަވެސް މުޥައްޒަފު ގެންގުޅޭތާ 02 އަހަރު ވުމުން މަސައްކަތަށް ރަނގަޅު ނަމަ ޤާނޫނުގައިވަ ގޮތުގެ މަތިން އެ މުޥައްޒަފަކު ދާއިމީ ކުރެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ މީހާގެ ފަންނީ ޤާބިލްކަމާއި މީހާގެ ޞިއްހަތާއި އެމީހެއްގެ ތަޢްލީމީ ނަތީޖާއާއި އިންޓަވިއުއިން ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެންނެވެ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުކުރުން 2017 ފެބުރުވަރީ 13 ން 16 އަށް މިއިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ އެތާރިޚްގައި އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެ ތިބުމަށް ދެންނެވީމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 6740017 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. 

02 ފެބުރުވަރީ 2017