މަސައްކަތް
ނަންބަރު: GS33/2017/03
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 06 ފެބުރުވަރީ 2017 13:30
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވޯރކް ވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 މިމަދަރުސާގެ ސްކޫލް ގޯތިތެރޭގައި ވޯރކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމަދަރުސާގެ ނަމްބަރ: GS33/2017/02 އިޢުލާނާއި، ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް އަގުބޮޑުވުމާގުޅިގެން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ ސްކޫލް ގޯތިތެރޭގައި ވޯރކްވޭއެއް ހެދުމުގެ މަސައްކަތް  ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

  06  ފެބްރުއަރީ  2017  ވަނަ ދުވަހުގެ 13:30 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތުސާފުކުރުން.

 09  ފެބްރުއަރީ 2017 ވަނަ ދުވަހުގެ 13.30 އަށް ސްކޫލްއޮފީހަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުން.

 

  އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވިދާނެއެވެ.

  އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް  މިސްކޫލުން ދޫކުރާފޯމެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތުސާފުކުރައްވާފައިވާ  ފަރާތްތަކުގެނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައިހުށަހަޅުއްވާ އަންދާސީހިސާބު ބާތިލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

  އަދި ދަންނަވަމެވެ. މިމަސައްކަތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް  އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:  ފޯން ނަމްބަރ 6600034 ނުވަތަ 9659595

                           

                   

 
 
 
 

 

02 ފެބުރުވަރީ 2017