މަސައްކަތް
ނަންބަރު: (IUL)383/383/2017/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 09 ފެބުރުވަރީ 2017 11:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމާބެހޭ:

ވިލުފުށީ އެޑިއުކޭޝަނަލް ޓްރޭނިންގ ސެންޓާރ ޑިޖިޓަލް ކުރުމަށް ބޭނުންވާ މެޝިނަރީޒްއާއި ތަކެތި، ގަތުމަށާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހަޅަންވާނީ ތަކެތި ވިއްކުމުގެ އަގާއި، އިންސްޓޯލް ކޮށްދިނުމުގެ އަގު ވަކިވަކިންނެވެ.

        މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ފެބްރުއަރީ 09 ވާ  ބުރާސްފަތި ދުވަހު 11:00 ގައި ވިލުފުށީ ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލުގައެވެ. އަދި އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ 2016 ފެބްރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވިލުފުށީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ.

  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

01 ފެބުރުވަރީ 2017