ދެންނެވުން
ނަންބަރު: (A)CA-2017/22
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 20 ފެބުރުވަރީ 2017 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ތާރީޚް ބަދަލުވުން

ނަންބަރު:A)CA-2017/22)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017ގެ ވޯޓުލާ ތާރީޚް ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު (A)CA-2017/5) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އެޕްރީލް 08 ގައި ބޭއްވުމަށް އިޢުލާން ކޮށްފައިވަނިކޮށް، ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ގިނަ ތަންތަން އެތާރީޚުގައި ލިބެންނެތުމުން،  2017 އެޕްރީލް 08 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

މިބަދަލާ ގުޅިގެން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އަލުން އެކުލަވާލާ ޢާންމު ކުރެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ 15:00 އަށް އިތުރުކޮށްފީމެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

      04 ޖުމާދަލްއައްވަލް 1438

      01 ފެބުރުވަރީ 2017   

01 ފެބުރުވަރީ 2017