ޢާންމު މަޢުލޫމާތު
ނަންބަރު: 171-H3(PU)/IUL/2017/19
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 08 ފެބުރުވަރީ 2017 13:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
އއ.އުކުޅަހު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

އއ.އުކުޅަހު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް މިސަރވިސްގެ ނަމްބަރު:171-H3(PU)/IUL/2017/07 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް އެފުރުސަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް އަލުން ހުޅުވާލައިފީމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން އއ.އުކުޅަހު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 13:00 އަށް އއ.ރަސްދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

01 ފެބުރުވަރީ 2017