ޢާންމު މަޢުލޫމާތު
ނަންބަރު: 171-H3(PU)/IUL/2017/12
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 08 ފެބުރުވަރީ 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ފާރަގެމަ ހިންގާ އިމާރާތުގެ ޖާގަ ބޮޑުކުރުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ފަރާތުން މިސަރވިސްއަށް ދީފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • ފާރަގެމަ ހިންގާ އިމާރާތުގެ ޖާގަ ބޮޑުކުރުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ފަރާތުން މިސަރވިސްއަށް ދީފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 14:30 މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
01 ފެބުރުވަރީ 2017