ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހިޔުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް ހޯދުމަށް ކުރި އިޢުލާން ((IUL)239-AHRI/239/2017/7 އަށް ހުށަހަޅުއްވާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް ، އަލުން އެ އެޗް އާރު ސިސްޓަމް ގަތުމަށް އިއުލާން ކުރަމެވެ.
ވީމާ، މިސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށްފަހު މައުލޫމާތު ސާފުކުރަށްވައި ، ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
05 ފެބްއަރީ 2017 ވާ އާދިޢްތަ ދުވަހު 10:00 ކުރިން |
7 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް މިކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ދަތިފުޅުވާ ފަރާތްތަކުން [email protected]އީމެއިލަށް މެއިލްކޮށްގެން ވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާނީ ، 7 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 10:45 ގެ ކުރިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ : 7909242 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
03 ޖުމާދަލްއޫލާ 1438 ހ
01 ފެބްރުއަރީ 2017 މ