ތަމްރީނު
ނަންބަރު: GS210/IUL/2017/07
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 16 ފެބުރުވަރީ 2017 13:30
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ގްރޭޑް 11 އަށް ވަންނަން އެދޭ

ަންބަރު: 07GS210/IUL/2017/

 

ޢިއުލާން

 

2017ވަނަ އަހަރު މިސްކޫލުގެ ގްރޭޑް 11ށް ކުދިން ވެއްދުމާއިބެހޭ.

 

 2017 ވަނަ އަހަރު މި ސްކޫލްގެ ގްރޭޑް 11 ގައި ކިޔެވުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވިމެވެ.

  • ޝަރުތު ( ފުރަތަމަ ކްރައިޓީރިއާ ) :

1-     އެސް.އެސް.ސީ އިމްތިހާންގެ ދިވެހިބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ފާސްވެފައިވުން އަދި

2-    އައި.ޖީ.ސީ.އެސް.އީ / ޖީ.ސީ.އީ އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއިއެކު، އިތުރު 1 މާއްދާއިން ފާސްވެފައިވުން. ( ޖުމްލަ 3 މާއްދާ )

  • ޝަރުތު ( ދެވަނަ ކްރައިޓީރިއާ ) :

1-     ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާންތަކުގެ މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން . މި މާއްދާތަކުގެ ތެރޭގައި އެޑެކްސެލް އޭ ލެވެލް އަށް ސްކޫލްގައި ކިޔަވައިދިނުމަށް ހުއްދަދެވިފައިވާ މާއްދާތަކުގެ ތެރެއިން ސްޓްރީމް 2 މާއްދާ ހިމެނުން. ( ސައިންސް ސްޓްރީމް : ބައޮލޮޖީ ، ކެމިސްޓްރީ ، ފިޒިކްސް އަދި މެތަމެޓިކްސް )

2-     މާއްދާއަކުން ފާސްވިކަމަށް ބެލެވޭނީ ދަށްވެގެން C ފާސް ލިބިފައިވުން.

  • އިތުރު ޝަރުތުތައް :

1-    ފާއިތުވި 2 އަހަރު ތެރޭގައި އޯލެވެލް ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ހަދާފައިވާ ދަރިވަރަކު ކަމުގައިވުން.

2-    ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވެފައިވާ ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއް ކަމުގައިނުވުން.

3-    އެންމެ ފަހުން ދަރިވަރު ތަޢުލީމު ޙާސިލުކުރި ސްކޫލުގައި ރަގަޅު އަޚްލާޤީ ރެކޯޑެއް އޮތުން.

4-    ހިނގަމުންދާ އަހަރުގެ ޖޫންމަހުގެ 1ށް، 21 އަހަރު ފުރިފައިނުވުން.

5-    ކައިވެންޏެއް ކޮށްފައިނުވުން.

6-    މަތީ ޘާނަވީ ފެންވަރަށް ކިޔެވުމަށް މީގެކުރިން ސަރުކާރު ސްކޫލެއްގައި ރަޖިސްޓްރީވެފައިނުވުން.

    ވިމާ ، މިސްކޫލުގެ ގްރޭޑް 11 ގައި ކިޔެވުމަށް ޝަރުތު ހަމަވާ ދަރިވަރުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު  16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މި ސްކޫލަށް ފޯމް ހުށަހެޅުން އެދެމެވެ. ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

Û ދެވަނަ ކްރައިޓީރިއާއަށް ދަރިވަރުންނަށް ފުރުސަތު ދެވޭނީ ފުރަތަމަ ކްރައިޓީރިއާއަށް ދަރިވަރުންނަށް ފުރުސަތު ދިނުމަށްފަހު ޖާގަ އޮތް މިންވަރަކުން.

Û އިތުރު މައުލޫމާތު : ފޯނު 6580262 ށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

04 ޖުމާދުލްއޫލާ 1438

                             01 ފެބްރުއަރީ  2017

               

01 ފެބުރުވަރީ 2017